ކުއްލިޔާ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީސްޓީމަށާ ހިތަދޫ އަވަށު އަވަށު އޮފީސްޓީމަށް 

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ” ކުށްލިޔާ ” މުބާރާތުގެ  ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ޓީމަށާ ހިތަދޫ އަވަށު އޮފީހުގެ ޓީމަށް ލިބިއްޖެވެ.

މީދޫގައި ކުރިއަށް ގެންދެވުނު މިމުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ޓީމަށާ ހިތަދޫ އަވަށު އޮފީސްޓީމަށް ލިބުނީ އިރުއޮއްސި އަނދިވުމުގެ ސަބަބުން ފައިނަލްމެޗް ކުރިއަށް ނުގެންދެވިގެންނެވެ.

މިގޮތައް ދެޓީމަށް ޗެމްޕިއަންކަން ދޭންޖެހުނީ މިމުބާރާތުގެ މެޗްތައް ރާވާފައިވާގޮތުން މުބާރާތް އެއްދުވަހުން ނިންމަންޖެހޭތީއެވެ.

މިމުބާރާތުގައިވެސް އައްޑޫސިޓީގެ ކޮންމެ އަވަށު އޮފީހަކުން ޓީމެއް ބައިވެރިވެފައިވެއެވެ.

މީދޫގައި ކުރިއަށް ގެންދިޔަ ކުއްލިއާ މުބާރާތުގެ ތެރެއިން

މީދޫގައި ކުރިއަށް ގެންދެވުނު ކުއްލިއާ މުބާރާތުގެ ތެރެއިން

މީދޫގައި ކުރިއަށް ގެންދެވުނު ކުއްލިއާ މުބާރާތުގެ ތެރެއިން

Next: އަވަށު އޮފީހުގައި ނުހިމެނޭ މީހަކު ހިމަނައިގެން މީދޫ ބަލިކޮށް މަރަދޫ ޓީމުން ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި