އަވަށު އޮފީހުގައި ނުހިމެނޭ މީހަކު ހިމަނައިގެން މީދޫ ބަލިކޮށް މަރަދޫ ޓީމުން ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި   

ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން މަރަދޫ އަވަށު އޮފީހުގެ ޓީމުން ހޯދައިފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނިގެން މަރަދޫގައި ކުރިއަށް ގެންދިޔަ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން މަރަދޫ އޮފީހުގެ ޓީމު ހޯދީ ފައިނަލްގައި ދެމުނު 3 ދެމުމުގެ ތެރެއިން ދެ ދެމުން ކާމިޔާބުކޮށްގެންނެވެ.

 މަރަދޫގައި އިއްޔެ ކުރިއަށް ގެން ދެވުނު ވާދެމުމުގެ މުބާރާތުގެ ފައިނަލްގެ 3 ވަނަ ދެމުމުގައި މަރަދޫ އަވަށު އޮފީހުގައި މަސައްކަތް ނުކުރާ މީހަކު ޓީމުގައި ހިމަނާފައިވާކަމަށް މަރަދޫ އަވަށު އޮފީހުގެ މުވައްޒަފަކާ ހަވާލާދީ މީދޫ އަވަށު އޮފީހުގެ މުވައްޒަފުން ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މިކުޅިވަރު މުބާރާތުގެތެރޭގައި ހިމެނިގެން ހުޅުދޫގައި ކުރިއަށްދިޔަ ” ފައިގަތަޅާ ” މުބާރާތާއި މީދޫގައި ކުރިއަށްގެންދިޔަ ” ކުއްލިއާ ” މުބާރާތުގައި ވާދަކުރި މަދަރޫޓީމްގެ މެމްބަރު މިދެމުބާރާތުގެ ފަޑިޔާރުކަން ކުރި މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ ހިތް ހަމަނުޖެހުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

” މަރަދޫގައި ކުރިއަށް ގެންދާ ވާދެމުމުގެ މުބާރާތުގައި ވަލުގާ ހިފާގޮތަކުންވެސް ޓީމު ކަޓުވާލާނަން “

މަރަދޫ ޓީމްގެ އިސް އޮފިޝަލަކު ފައިގަތަޅާ މުބާރާތުން މަރަދޫ ބަލިވިމެޗަށްފަހު ދަނޑުން ބޭރުގައި ހުރެގެން ބުނެފައިވެއެވެ.

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތްތައް ނިމިގެންދިޔައީ ކުޅިވަރުގެ ރޫހު އާލާނުވެ އެކުވެރިކަން ބަދަހިނުވެ ގިނަ ހިތްހަމަ ނުޖެހުންތަކެއް ޓީމްތަކުން ފާޅުކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

Next: އަތޮޅުމަދަރުސާއިން 2021 ، 2022 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަށް ފާތުމަތު މަންހާ ސުހައިލް ހޮވިއްޖެ