ފައިގަ ތަޅާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހުޅުދޫ އަވަށު އޮފީސްޓީމު ހޯދައިފި

” ފައިގަތަޅާ ” މުބާރާތުގެ  ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފިއެވެ.

މިމުބާރާތަކީވެސް އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދުވުނު މުބާރާތެކެވެ

ހުޅުދޫގައި ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ޓީމު ހޯދީ ފައިނަލްގައި ފޭދޫ އަވަށު އޮފީހުގެ ޓީމާ ވާދަކޮށް މޮޅުވެގެންނެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ޓީމް ހޯދުމުން 3 މުބާރާތެއްގެ ޗެމްޕިއަކަން އެޓީމަށް ވަނީ ލިބިފައެވެ. މީގެ ކުރީން ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތުގެ ޗެމްޕިއަންކަންވެސް އެޓީމުންވަނީ ހޯދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތުގައި އައްޑޫސިޓީގެ ކޮންމެ އަވަށު އޮފީހަކުން ޓީމަކާ ސިޓީކައުންސިލްގެ ޓީމެއް ބައިވެރިވެފައިވެއެވެ.

Next: ކުއްލިޔާ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީސްޓީމަށާ ހިތަދޫ އަވަށު އަވަށު އޮފީސްޓީމަށް