ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ކެނެރީފުން ގަދަފަދަ މައިލޯސިޓީ ހިފަހައްޓައިފި

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭ  ކުޅެވުނު ދެވަނަމެޗްގައި ކެނެރީފުން ގަދަފަދަ މައިލޯސިޓީއަށް ލަނޑެއްޖެހިޔަނުދީ ހިފަހައްޓައިފިއެވެ.

ހުޅުދޫ ފުޓްސަލް ދަނޑުގައި  މައިލޯސިޓީއާއި ކެނެރީފް ބައްދަލުކުރި މިމެޗު ނިމުނީ 0 – 0 ން އެއްވަރުވެގެންނެވެ.

މައިލޯ ސިޓީއަކީ ވަގުތުން ހިތަދޫގައި މިމަހުގެ ތެރޭގައި ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އައްޑޫސިޓީގެ ނަންމަޝްހޫރު ގިނަކުޅުންތެރީން ކުޅެމުންދާ ޓީމެކެވެ.

ހިތަދޫގެ ގަދަފަދަ މައިލޯސިޓީއާއި މީގެ ކުރީން މިމުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ ކެނެރީފް  އާއި ދެމެދު ރޭ ކުޅެވުނު މިމެޗުގައި ދެޓީމުގެ ކުޅުންތެރީންގެ ފަރާތުގެ ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ރޭ ކުޅެވުނު މިމެޗްގައި މައިލޯ ސިޓީން ކެނެރީފްގެ  ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިނަމަވެސް ލަނަޑެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވެފައެވެ. އަދި ކެނެރީފަށްވެސް ލިބުނު ފުރުސަތުތަކުގައި މައިލޯސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަތަކުން އެޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވިއެވެ.  

ރޭގެ މެޗަށް ފަހު ގްރޫޕް ސްޓޭޖް ގައި މައިލޯސިޓީ ކުޅުނު 3 މެޗުން 7 ޕޮއިންޓް ހޯދައިގެން އެޓީމްވަނީ ގްރޫޕް އޭގެ އެއްވަނާގައެވެ.  ކެނެރީފް ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް މައިލޯ ސިޓީގެ އީމާން ނަޒީރު ހޮވިފައިވާއިރު އިމާނު ނަޒީރުވަނީ މައިލޯސިޓީއާއި ގައުމު އެފްސީ ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް – ކެނެރިފާއި މައިލޯ ސިޓީ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ: އީމާން ނަޒީރު

Next: ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ދެކުނު އެފްސީ ބަލިކޮށް ވައިކިންގު މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި.