ގައުމިއަންސް އާއި ޖަންތާ ގަރާޖުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގައި މީދޫ ގައުމިއަންސްއާއި  ޖަންތާ ގަރާޖު ބައްދަލުކުރި މެޗުވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމިއަންސް އާއި ޖަންތާ ގަރާޖު ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ : ހަސަން ލައުހު

ރޭ  ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗު ނިމުނީ 0 – 0 ން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަންތާ ގަރާޖުގެ ހަސަން ލައުހުއެވެ.  އޭނާ ވަނީ ޖަންތާ ގަރާޖު މީގެ ކުރީން ކުޅުނުމެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މިމުބާރާތުގައި ޖަންތާ ގަރާޖާއި  ގައުމިއަންސް 3 މެޗް ކުޅެފައިވާއިރު ޖަންތާ ގަރާޖަށް 3 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. ގައުމިއަންސްއަށް 3 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. މިދެޓީމް ހިމެނޭ އޭ ގްރޫޕުން 2 މެޗުން 6 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ މައިލޯ ސިޓީއެވެ.

Next: ބެން-ގުވީރު އަޤްޞާއަށް ގޮސް މުސްލިމުންނަށް ފުރައްސާރަކޮށްފި