69 އަހަރުގެ މީހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައިވާ އޮތްވާ ފެނިފައިވަނީ ލ.ގަމު އުމުރުން 69 އަަހަރުގެ އަހުމަދު މުހައްމަދެވެ. މިހާދިސާ ހިނގާފައިވަނީ ގަމު މުކުރިމަގު އަވަށުގައެވެ. އެމީހާ ނިޔާވެފައިވާ އޮއްވާ ފެނުނީ މޫދަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔައިރުއެވެ.

އެމީހާ ގެއްލިގެން ހޯދަމުންދިޔައީ މިއަދު މެންދުރު 1 ޖަހާކަން ހާއިރުއެވެ. އޭނާއަކީ އާންމުކޮށް ކޮންމެ ދުވަހަކުވެސް މޫދަށް ގޮސް އުޅޭ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.

Next: ރާއްޖެ- މޮރިޝަސްގެ ކަނޑުގެ އިންވަކިކުރުމުގެ މައްސަލަ ރާއްޖެއިން ކާމިޔާބުކޮށްފި