އައްޑޫ ސިޓީގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ޚާއްސަ މަސައްކަތްތަކެއް ފަށައިިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުން މި ދުވަސްވަރަކީ އައްޑޫގެ އެކި އަވަށްތަކުގައި ޑެންގީ ހުން ފެތުރެމުން އަންނަ ދުވަސްވަރަކަށްވުމާއެކު އެ ބަލިން ރައްކާތެރި ވުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މާދަމާއިން ފެށިގެން އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ގަވާއިދުން މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އައްޑޫގައި ހުމާއި ރޯގާއާއި އިންފްލުއެންޒާ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.