“ފިކުރެއްގެ ދިރުން”ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރޭގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ހަރަކާތެއްގެ ގޮތުގައި މިހާރު ކުރިޔަށް ގެންދަވާ “ފިކުރެއްގެ ދިރުން” ގޮފީގެ ފަރާތުން، ނަޝީދުގެ ދެ މަންދޫބަކު ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވައިފިއެވެ.

ގާސިމް އިބުރާހިމް ދިރިއުޅުއްވަމުން ގެންދަވާ ސަން އައިލެންޑް ރިސޯޓުގައި “ފިކުރެއްގެ ދިރުން” ގޮފީގެ ފަރާތުން ގާސިމްއާއި ބައްދަލު ކުރައްވާފައިވަނީ ކުރީގެ ގދ. މެމްބަރު މުހައްމަދު ރަޝާދު ހުސެންއާއި އަދި ކުރީގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

މި ދެބޭފުޅުން ގާސިމްއާއި ބައްދަލު ކޮށްފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ގާސިމް އިބުރާހިމް ނިކުމެވަޑައިގަންނަވާނަމަ، ނަޝީދުގެ ތާއީދު ގާސިމަށް އޮތްކަން ކަށަވަރުކޮށްދީ، “ފިކުރެއްގެ ދިރުން” ޓީމާ ގާސިމްއާއެކު މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަތާ ކުރެއްވުމަށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެހެންނަމަވެސް، މިމަޝްވަރާތަކުން ވަކި ގޮތަކަށް އެއްބަސް ވެވިފައިވާކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

Next: މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުން ފެނަކަ އަށް