ރައީސް ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ރަސްމީކޮށް ކެމްޕޭން ފަށްޓަވައިފިއެވެ.

ރައީސް ސޯލިހް ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައިވަނީ ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ރޭ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސްވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ގައުމީ މަޖިލީހުގެ 120 ވަރަކަށް މެންބަރުން ބައިވެރިވެވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބެނީ 173 މެންބަރުންނެވެ.

ރައީސް ސޯލިހުވެސް ރިޔާސީ ޕްރައިމަރީގައިވާދަކުރައްވާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

Next: ދައުރު ނިމޭއިރު ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ: ރައީސް