ހުޅުމާލޭ ފޭސް 2 ކުން އައްޑު އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭ ފޭސް 2 އިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ސ. ހުޅުދޫ / ސީނިއަޞްރުމާގެ، މުޙައްމަދު ޖައިލަމް ،34އ، އެވެ.

ފުލުހުން ބުނިގޮތުގައި މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ޖައިލަމް ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 10:54 ހާއިރު ކަމަށެވެ. ޖައިލަމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފޭސް 2 ގައި ކަމާއި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއާއި ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ވަނީ ޖައިލަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެމައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

Next: ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން