ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅޭ، ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމެވެ.

ފުލުހުން ބުނީ ރޭ 19:14ހާއިރު އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ޖައިލަމް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެެއް ވެފައިނުވާތީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:54 ގަައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Next: މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލަކަށް