ތިނަދޫ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި މީދޫއާއި ހުޅުދުއަށް

ގދ. ތިނަދޫ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އައްޑޫސިޓީ މީދޫއާއި ހުޅުދުއަށް ބުރާސްފަތި ޒިޔާރަތްކޮށްފިއެވެ.

މީދޫ ކައުންސިލްގެ ޑިރެކްޓަރ މާނާ މުމްތާޒު  ވިދާޅުވީ ތިނަދޫ ކައުންސިލުގެ ޓީމެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މީދޫއާއި ހުޅުދޫއަށް  ޒިޔާރަތް ކޮށްފައިވާ ކަމަށާއި، ތިނަދޫ  ކައުންސިލުގެ މިޓީމުގައި އިސްކޮށް ހިމެނި ވަޑައިގަންނަވަނީ އެ ކައުންސިލްގެ ރައީސް ސައުދުއެވެ.

މާނާ އިތުރަށް ވިދާޅުވީ ތިނަދޫ ކައުންސިލުގެ މިދަތުރަކީ އައްޑޫސިޓީ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގާ ގޮތް ބެލުމަށާއި، ކައުންސިލުން ހިންގާ އިތުރު ހަރަކާތްތައް ބަލާލުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.

މީދޫއާއި ހުޅުދޫއަށް ތިނަދޫ ކައުންސިލްގެ ޓީމް ކުރެއްވި ޒިޔާރަތުގައި މީދޫ ޓުއަރިޒަމް ޒޯނާއި ހުޅުދޫ ޓުއަރިޒަމް ޒޯނަށް އަދި މީދޫގެ ކޯގަންނު ގަބުރުސްތާނުގެ އިތުރަށް ހުޅުދޫ ޓުއަރިޒަމް ޒޯން ސަރަހައްދުގައި އޮންނަ ކުޅިއަށްވެސް ޒިޔާރަތްކޮށްފައިވެއެވެ.    

ތިނަދޫ ކައުންސިލްގެ ޓީމް ހުުޅުދޫއާއި މީދޫއަށް ކުރެއްވި މިދަތުރުގައި މެދު ބަނދަރުން މިޓީމަށް މަރުހަބާ ދެންނެވީ މީދޫ ކައުންސިލަރ ސޯލިހާއާއި ހުުޅުދޫ ކައުންސިލަރު ފައިޒްގެ އިތުރަށް މީދޫއާއި ހުޅުދޫގެ އަވަށު އޮފީހުގެ އިސްވެރީންނާއި މުވައްޒަފުންނެވެ.  

ތިނަދޫ ކައުންސިލްގެ ޓީމަށް މަރުހަބާ ދެންނެވުމަށް މީދޫގައި ތައްޔާރު ކުރެވުނު ސަރަހައްދު

އެމްޓީސީސީ ފެރީ ޓާމިނަލުން ތިނަދޫ ކައުންސިލްގެ ޓީމަށް މަރުހަބާ ދަންނަވަނީ

Next: މީދޫ ޓާފް ދަނޑު ހުޅުވައިފި