ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އެމްޑީޕީ ދެމިއޮންނާނެ – ނަޝީދު

ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އެމްޑީޕީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ތިނަދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއާމެދު އެމަނިކުފާނަށް އުންމީދު ނުގެއްލޭ ކަމަަށާއި، ސިޔާސީ ގޮތުން އެމްޑީޕީ އަށް ނާކާމިޔާބުވާކަށް ވެސް ނެތް ކަމަށެވެ.

“އަޅުގަނޑުމެންނަކީ މި ރާއްޖޭގެ ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އިރާދަކުރެއްވިއްޔާ ތިބޭނެ ބައެއް. އަޅުގަނޑުމެންނަށް މި މަސައްކަތުގައި ދެމި ތިބެވެންޖެހޭ އެންމެ މުހިއްމު، ހަމައެކަނި ސަބަބަކީ ވެސް މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.”

ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި އެންމެ ފުޅާކޮށް ލިޔުނު އެއް ވާހަކައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީ އަށް ފެންނަ ވާހަކަ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ވައުދުވި ކަމަށާއި ނަމަވެސް އެ ވޯޓެއް އަދި ނާހާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Next: އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް އެމްޕީއެލް އިން ބުނެފި