ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ، މިހާރު ކުރިޔަށް ދަނީ ގިންތި ކުރުން

ނުކޫލެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް އަންނަ އަހަރު ބޮޑުކުރުމަށް ހަމެޖެހިފައިވާ ކަމަށާއި، މިއިނާޔަތަށް ބަދަލު ގެނައުމަށްޓަކާ މިހާރު ކުރިޔަށްދަނީ ގިންތި ކުރުމުގެ މަސައްކަތް ކަމުގައި ސަރުކާރުގެ އިސްތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން، ސިއްޙީ ޚިދުމަތްތެރިންގެ މުސާރައަށްވެސް ސަރުކާރުން އަންނަ އަހަރު ހެޔޮ ބަދަލު ގެނެސްދޭނެ ކަމުގައެވެ.

މިއަހަރުގެ ފެބްރުއަރީމަހު ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޠާސީ ބަޔާނުގައި ރައީސް ސާލިހުވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އިނާޔަތް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައިސް ސާލިހު ވިދާޅުވެފައިވަނީ، މިހާތަނަށް އައިއިރު، ނުކުލެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާއި ތަފްސީލު އެގޭނެ ގައުމީ ދަފްތަރެއް އެކުލަވާލެވިފައި ނެތް ކަމުގައެވެ. އެހެންކަމުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި، މިދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިންމާ މިއަހަރު ފަހު ކުއާޓަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އިނާޔަތް ސަރުކާތުން ބޮޑު ކުރައްވާނެ ކަމުގައި އޭރު ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި، 2023 އަށް ލަފާކުރާ ބަޖެޓްގައިވަނީ ނުކުޅުންތެރިކަން ހުންނަ މީހުންނަށް ލިބޭ އެހީ ބޮޑުކުރުމަށް ހިމަނާފައެވެ.

Next: އޮސްޓްރޭލިއާއިން ޓިއުނީޝިއާ ބަލިކޮށްފި