ނެދަލޭންޑްސް އާއި އެކުއެޑޯ އެއްވަރު

Netherlands' midfielder #21 Frenkie De Jong (L) and Ecuador's midfielder #19 Gonzalo Plata fight for the ball during the Qatar 2022 World Cup Group A football match between the Netherlands and Ecuador at the Khalifa International Stadium in Doha on November 25, 2022. (Photo by Jewel SAMAD / AFP)

ވޯލްޑްކަޕުގައި ނެދަލޭންޑްސްއާ އެކުއެޑޯ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ.

އެކުއެޑޯއާ ނެދަލޭންޑްސް ބައްދަލުކުރި މެޗު ނިމުނީ 1 – 1 ން އެއްވަރުވެގެންނެވެ. މިމެޗުގަ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދަލޭންޑްސްއިންނެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ނެދަލޭންޑްސްއަށް ގޯލެއް ޖަހައިދީފަ އެވެ. މިލަނޑަކީ އޭރިއާ ބޭރު ރޮނގު ކައިރިން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ލަނޑެކެވެ. ނެދަލޭންޑްސް ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް 49 ވަނަ މިނެޓުގައި ކެޕްޓަން ވެލެންސިއާގެ ލަނޑުން އެކުއެޑޯ އެއްވަރުކުރީ އެވެ.

މި މެޗަށް ނުކުތް އިރު، ދެޓީމުންވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އޮތީ މޮޅުވެފައެވެ. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގޯލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ފަހުވަގުތު ޖަހައިދިނީ ކޯޑީ ގަޕްކޯއާއި ޑޭވީ ކްލާސެންއެވެ. އެކުއެޑޯ ވަނީ މުބާރާތް ހުޅުވި މެޗުގައި ހޯސްޓް ގަތަރު ބަލިކޮށްފައެވެ

މިމެޗް އެއްވަރުވެގެން ނިމުމުން ގްރޫޕް އޭ އިން ގަދަ 16 އަށް ދެން ފުރުސަތު އޮތީ ނެދަލޭންޑްސްއާއި އެކުއެޑޯގެ އިތުރުން ސެނެގާލަށެވެ. ގަތަރު ކެޓީ ޕޮއިންޓެއް ނުލިބި އޮވެއެވެ. ގަތަރުން ފަހު މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން ޕޮއިންޓަކާއެކު ނެދަލޭންޑްސްއަށް ގަދަ 16 ޔަގީން ވާނެއެވެ. އަދި ސެނެގާލާ އެކުއެޑޯ ކުޅެން ޖެހޭ ފަހު މެޗު ވެގެންދާނީ ވަރުގަދަ މެޗަކަށެވެ. އެ މެޗުން ފަހި ފުރުސަތެއް އޮތީ އެކުއެޑޯއަށެވެ. އެއީ ޕޮއިންޓަކުން ފުއްދާލުމެވެ.

Next: ގަތަރު ވޯލްޑްކަޕް 2022: އެމެރިކާއިން ގަދަފަދަ އިނގިރޭސިން ހިފަހައްޓައިފި