ނެދަލޭންޑްސް އާއި އެކުއެޑޯ އެއްވަރު

ވޯލްޑްކަޕުގައި ނެދަލޭންޑްސްއާ އެކުއެޑޯ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ.

އެކުއެޑޯއާ ނެދަލޭންޑްސް ބައްދަލުކުރި މެޗު ނިމުނީ 1 – 1 ން އެއްވަރުވެގެންނެވެ. މިމެޗުގަ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދަލޭންޑްސްއިންނެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ނެދަލޭންޑްސްއަށް ގޯލެއް ޖަހައިދީފަ އެވެ. މިލަނޑަކީ އޭރިއާ ބޭރު ރޮނގު ކައިރިން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ލަނޑެކެވެ. ނެދަލޭންޑްސް ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް 49 ވަނަ މިނެޓުގައި ކެޕްޓަން ވެލެންސިއާގެ ލަނޑުން އެކުއެޑޯ އެއްވަރުކުރީ އެވެ.

މި މެޗަށް ނުކުތް އިރު، ދެޓީމުންވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އޮތީ މޮޅުވެފައެވެ. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގޯލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ފަހުވަގުތު ޖަހައިދިނީ ކޯޑީ ގަޕްކޯއާއި ޑޭވީ ކްލާސެންއެވެ. އެކުއެޑޯ ވަނީ މުބާރާތް ހުޅުވި މެޗުގައި ހޯސްޓް ގަތަރު ބަލިކޮށްފައެވެ

މިމެޗް އެއްވަރުވެގެން ނިމުމުން ގްރޫޕް އޭ އިން ގަދަ 16 އަށް ދެން ފުރުސަތު އޮތީ ނެދަލޭންޑްސްއާއި އެކުއެޑޯގެ އިތުރުން ސެނެގާލަށެވެ. ގަތަރު ކެޓީ ޕޮއިންޓެއް ނުލިބި އޮވެއެވެ. ގަތަރުން ފަހު މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން ޕޮއިންޓަކާއެކު ނެދަލޭންޑްސްއަށް ގަދަ 16 ޔަގީން ވާނެއެވެ. އަދި ސެނެގާލާ އެކުއެޑޯ ކުޅެން ޖެހޭ ފަހު މެޗު ވެގެންދާނީ ވަރުގަދަ މެޗަކަށެވެ. އެ މެޗުން ފަހި ފުރުސަތެއް އޮތީ އެކުއެޑޯއަށެވެ. އެއީ ޕޮއިންޓަކުން ފުއްދާލުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ. ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް ...

ޗެމްޕިއަންސް ލީގު: ބާސާ، ބަޔާން އަދި އިންޓަ މިލާންވެސް އެއް ގްރޫޕަކަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކާއި ސްޕެއިންގެ ވަރުގަދަ ބާސެލޯނާ އަދި އިޓަލީގެ ...

ޖުނާ ވަންޑޭ ކަޕް 2021: ފަތަގުމާގޭ އާއިލާގެ މެމްބަރުން ހިމެނޭ ބްރަދާސް ޔުނައިޓެޑް ޗެމްޕިއަންކަން ހޯދައިފި

ޖުނާ ވަންޑޭ ކަޕް ގެނަމުގައި ކްލަބު ލޮތަރިން ބޭއްވި ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަމައެކަނި މީދޫ ފަތަގުމާގޭ ...