ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

Soccer Football - FIFA World Cup Qatar 2022 - Group E - Germany v Japan - Khalifa International Stadium, Doha, Qatar - November 23, 2022 Japan's Takuma Asano scores their second goal REUTERS/Molly Darlington

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވައިފި އެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ޖަރުމަނާއި ޖަޕާން ބައްދަލުކުރި މެޗު 2 – 1 ން ކާމިޔާބުކުރީ ޖަޕާނުންނެވެ. ޖަޕާނުން މެޗު ކާމިޔާބުކުރީ ޖަރުމަނު ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެގޯލު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކިއިރު މުޅި މެޗު އެއްކޮށްހެން ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް ޖަރުމަނުންނެވެ. މެޗުގައި ޖަރުމަނުން ލީޑު ނެގީ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޑިފެންޑަރު ރައުމްއަށް ޖަޕާނުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖަރުމަނަށް ކާމިޔާބުކޮށްދިނީ އިލްކޭ ގުންޑޮގާން އެވެ.

މެޗުގައި ޖަޕާނުގެ ފުރަތަމަ ލަނޑު 75 ވަނަ މިނެޓުގައި ރިޓްސޫ ޑޯން ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު އޭގެ އިރުކޮޅެއް ފަހުން 83 ވަނަ މިނެޓުގައި ޓަކޫމާ އަސާނޯ ވަނީ ޖަޕާނު މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދީފަ އެވެ.

މިފަހަރުގެ މުބާރާތުގައި ޖަރުމަން އަތުން މޮޅުވެ ޖަޕާނުން ދުނިޔެއަށް ސިހުން ގެނުވިއިރު މިހާތަނަށް އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއް ނުކުތީ ސައުދީ އަރަބިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގަ އެވެ. ސައުދީން ވަނީ ފަހަތުން އަރާ 2 – 1 ން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށްފަ އެވެ.

Next: މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި