ބައެއް އައިސްޕްލާންޓުތައް ފެނަކައާ ޙަހަވާލުކުރީ އައިސްގެ އަގު ހެޔޮކުރުމަށް – މިނިސްޓަރު

ބައެއް އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ، މަސްވެރިންނަށް ފޮރުކޮށްދޭ އައިސްގެ އަގު ހެޔޮ ކުރުމަށްކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިފްކޯއިން ހިނގަމުން އަންނަ ބައެއް އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފެނަކައާ ހަވާލުކޮށްފައިވަނީ މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެކެވެ. ފެނަކައާ އައިސްޕްލާންޓުތައް ހަވާލުކުރުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނަކައިގެ އޮފީސްތައް މިހާރު އެބަހުރި ކަމަށެވެ. އެހެންކަމުން އައިސްޕްލާންޓުތަކަށް ޖެހޭ މައްސަލަތައްވެސް އަވަހަށް ހައްލުކުރުމަށް އެކުންފުންޏަށް ފަސޭހަވާނެ ކަމަށެވެ.

ފެނަކައިގެ އޮފީސްތަކުގައި އިންޖިނިއަރުންނާއި މީހުން ތިބޭ.، އެހެންވީމަ އައިސްޕްލާންޓަށް މައްސަލައެއް ދިމާވެއްޖެނަމަ އެއަށް އެޓެންޑުވާނެ މީހުން ތިބޭނެ، މިފްކޯއިން އެކަން ކުރާއިރު، ޕްލާންޓަކަށް މައްސަލައެއް ދިމާވީމާ ވަރަށް ދިގު ދަތުރެއްކޮށްގެން އެކަން ވެވެނީ،

މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ފެނަކައަކީ ކަރަންޓު ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ކަރަންޓު ފޯރުކޮށްދޭ އަގު ހެޔޮވުމާއެކު އައިސް ވިއްކާ އަގުވެސް ހެޔޮވެގެންދާނެ ކަަމަށެވެ.

އެންމެ އަގުހެޔޮކޮށް ކަރަންޓު ފޯރުކޯށްދެވިގެން އައިސް، އަގުހެޔޮކޮށް އުފެއްދޭނީވެސް އިންޖީނުތައް ހިނގާއިރު، އޯވަރ ކެޕޭސިޓީ ހުރޭ، އެހެން ވީމާ އިޤްތިސާދީގޮތުން ސޭވްވާނެ، އެހެންވީމާ މިހާރަށްވުރެ އަގުހެޔޮކޮށް އައިސް ފޯރުކޮށްދެވޭނެ

މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިގެންނަ ބަދަލާއެކު މިފްކޯއަށް އެކުންފުނީގެ އެހެން އޮޕަރޭޝަންތަކަށް އިސްކަން ދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިފްކޯގެ މަސްގަނެ މަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތަށް އިސްކަންދެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަސްދަރު: ޕީއެސްއެމް

Next: މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން