އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދެވޭ މަޝްރޫޢުތަކާއި، އައްޑޫސިޓީ ކައުންސިލްގެ މަވައްޒަފުންނަށް އިތުރު ތަމްރީނާއި މަތީތަޢުލީމުގެ ފުރުސަތު ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، އައްޑޫސިޓީގައި ޤާއިމްކުރާ އިންޑިއާގެ އެމްބަސީގެ މަސައްކަތުގެ އިތުރުން އައްޑޫސިޓީ ކައުންސިލާއި އިންޑިއާ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާ ތަކާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުން މާލެއަށް ކުރައްވާ މި ދަތުރަކީ އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަކޮށް ހިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ކަމާއިގުޅޭ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށް ކުރައްވާ ދަތުރެކެވެ.