އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފި

އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ‏އައްޑޫ ސިޓީގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދެވޭ މަޝްރޫޢުތަކާއި، އައްޑޫސިޓީ ކައުންސިލްގެ މަވައްޒަފުންނަށް އިތުރު ތަމްރީނާއި މަތީތަޢުލީމުގެ ފުރުސަތު ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، އައްޑޫސިޓީގައި ޤާއިމްކުރާ އިންޑިއާގެ އެމްބަސީގެ މަސައްކަތުގެ އިތުރުން އައްޑޫސިޓީ ކައުންސިލާއި އިންޑިއާ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާ ތަކާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުން މާލެއަށް ކުރައްވާ މި ދަތުރަކީ އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަކޮށް ހިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ކަމާއިގުޅޭ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށް ކުރައްވާ ދަތުރެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗާޓަރު ފްލައިޓެއް ބާއްވައިގެން ސަފާގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަނީ

ވިސާ ހަމަނުޖެހިގެން އުމްރާއަށް ނުފުރުނު ސަފާ ގްރޫޕްގެ އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި ފުރުވާލުމަށް އެ ގްރޫޕުން މިހާރު މަސައްކަތްކުރަމުންދާކަން ...

ގްރޫޕް ބީގެ އެއްވަނަޓީމްގެ ގޮތުގައި އަތޮޅުމަދަރުސާ ސެމީއަށް

ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަތޮޅުމަދަރުސާޓީމް ދަތުރުކޮށްފިއެވެ. ...

ކުޅުދުއްފުށީ ސްކޫލްތަކުން ތާރީހީ ނަތީޖާއެއް، ގަދަ ދިހައެއްގައި 33 ދަރިވަރުން

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް ގައުމީ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ހިމެނިއްޖެ ...