އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭ: ވަޙީދު

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭކަމަށްއެމްޑީޕީގެ ކޮންގްރެސް ހިންގާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޙީދު ވިދާޅުވީ އެކަކަށްވުރެ ގިނަ ބަޔަކު އުޅޭނަމަ ދެ މީހުންގެ ދޭތެރޭގައި ވެސް ކޮންމެ ވެސް ވަރެއްގެ މައްސަލަތަކެއް ހުންނާނެ ކަމަށާއި, ދެމަފިރިންގެ ދޭތެރޭގައި ވެސް އެފަަދަ މައްސަލަ އުޅޭނެ ކަމަށެވެ.

”ޕާޓީތެރޭގަ މައްސަލައެއް އުޅޭކަމަކަށް އަޅުގަނޑުމެން ހިންގަން ތިބޭ މީހުންނަކަށް ނާދޭ.“

މައްސަލަތަކެއް އުޅޭނަމަ ކަންކަން ކުރަން އުނދަގޫވާނެ ކަމަށާއި ނަމަވެސް އެފަދަ އުނދަގުލެއްނުވާކަމަށް ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ ޕާޓީގެ ކަމެއް ޖެހޭއިރު އެންމެން ވެސް ތިބެނީ އެކީގައި ކަމަށާއި ކޮންގްރެސްގެ ކަންކަމަށް ވެސް އެންމެން ވެސް އެއްބާރުލުން ދޭ ކަމަށެވެ.

”މައްސަލަތަކެއް އޮވެގެންނެއް އަޅުގަނޑުމެންނަށް ކަމެއް ނުވެގެން ނޫޅެން. އަޅުގަނޑުމެން އެންމެން އެކުގަ އިރާދަކުރެއްވިއްޔާ މި ކޮންގްރެސް ވެސް ބާރަށް ކުރިއަށް ގެންގޮސް ނިންމާނަން“

ވަޙީދު މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބަދުއަޚްލާޤީ ޢަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރިކަމަށް ވެސް ވިދާޅުވެފައެވެ.

ނަމަވެސް ނަޝީދަށް އެފަދަ އެއްޗެއް ހާމަކުރެއްވިފައިނުވާތީ އެކަމާ ގުޅިގެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ރައީސް ޞާލިޙްގެ ވަފާތެރި މެންބަރުން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ނަޝީދާއެކު ފަހުން މަޝްވަރާކުރުމަށްފަހު ފަހުން ވަނީ އެކަން ހުއްޓައިލާފައެވެ.

މަސްދަރު: ދިޑެއިލީ

Next: ނަޝީދު ގާނޫނުއަސާސީ އަށް ގެންނަވަން މަސައްކަތްކުރައްވާ އިސްލާހު އާންމު ކުރައްވައިފި