ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވަން ނިންމަވައިފައިފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާގޮތުން އެ ޕާޓީގެ ރައީސް، ނަޝީދު މިއަދު 11 ޖަހާއިރު، ޕާޓީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަމިއްލަ އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖައްސަވާފައިވާއިރު އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބަންދުކުރުމުން ނަޝީދު ވަނީ ރައީސް ސާލިޙަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޞާލިހުގެ ބަރަހާނާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ސާލިޙަށް އިންޒާރު ތަކެއްވެސް ދެއްވާފައެެވެ.

އެހެން ނަމަވެސް ރައީސްގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެ ކަަމަށް ވިދާޅުވެ ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ. އޭގެފަހުން ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ފޯނު ފޭރިގެންފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Next: ރާއްޖޭގައި ޒުވާން އާބާދީގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވެއްޖެ!