ފަންނީ މީހުން ބިނާ ކުރަން އެމްޕީއެލް އާއި ހަޔާ އެޑިއުކޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.

މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފަންނީ މުވައްޒަފުން ބިނާކުރުމަށް ދޭ 7 ސްކޮލާޝިޕެއް މެނޭޖްކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީންނެވެ. މި ސްކޮލަރޝިޕްތަކަށް ފަންޑުކުރާނީ އެމްޕީއެލުންނެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މި ސްކޮލާޝިޕްތަކަކީ އެމްޕީއެލްގެ ދާއިރާތަކާ ގުޅުންހުރި ސްކޮލާޝިޕްތަކެއް ކަމަށެވެ. އެގޮތުން، އެއް ސްކޮލާޝިޕް ޚާއްސަކުރެވެނީ މަތީ ސާނަވީ ތައުލީމު ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނިފައިވާ ދަރިވަރަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބާކީ 6 ސްކޮލަރޝިޕް ޝަރުތު ހަމަވާ ކުދިންނަށް ދެވިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް އިން ސްކޮލާޝިޕް ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

* ޕޯޓް އޮޕަރޭޝަންސް: 2 ސްކޮލާޝިޕް

* އިންޖިނިއަރިން: 3 ސްކޮލާޝިޕް

* އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ: 1 ސްކޮލާޝިޕް

* އެކައުންޓިން އެންޑް ފައިނޭންސް: 1 ސްކޮލާޝިޕް

Next: ހުރިހާ ކުދިންނަށް ހެނދުނުގެ ނާސްތާ ނުދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި