ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުން މީ ކޮންކަހަލަ ކަމެއްތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ޑރ.މުޙައްމަދު އިޔާޟާއި ސުވާލު ކުރައްވައިފިއެވެ.
އާޒިމް މި ސުވާލު ކުރެއްވީ ސައިޒު އޮޅިވަޑައިގެން ނޫޅުއްވުމަށް އިޔާޟް ވިދާޅުވުމުންނެވެ.
އެ ގޮތުން އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުން މީ ކޮންކަހަލަ ކަމެއްތޯ އައްސަވައި, ތީ ސިޔާސީ ބޭފުޅެއްތޯ އިޔާޟާ ސުވާލުު ކުރައްވައިފައެވެ.
އެކަމަށް ރައްދު ދެއްވަމުން އިޔާޟް ވިދާޅުވީ ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި, ކޮންމެ ދީނީ ޢިލްމުވެރިޔަކީ ސިޔާސީ ވާހަކަވެސް ދެއްކިދާނެ ފަރާތެއް ކަމަށެވެ. ނަމަވެސް ކޮންމެ ސިޔާސީ މީހަކަށް ދީނީ ވާހަކައެއް ނުދެއްކޭނެކަމަށް އިޔާޟް ވިދާޅުވިއެވެ.
އަދި ޚާއްސަކޮށް ދަންވަރު ގަޑީގައި ކަޅުދަބަހުގައި ގޮތް ނޭނގޭ ދިޔާއެއްޗެހި އުފުއްލާ މީހުންނަކަށް ނޭނގޭނެކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.