އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ވައިޓް ހައުސްގެ މީޑިއާއިން މިއަދު ވަނީ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މިއީ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ވައިޓް ހައުސްގެ މީޑިއާ އާ ހަވާލާދީ ސީއެންއެންއިން ހާމަކުރި ގޮތުގައި ރައީސް ބައިޑެން މިހާރު ހުންނެވީ ވައިޓް ހައުސްގައި އެކަހެރިވެވަޑައިގެންނެވެ. އަދި ބައިޑެންގެ ހާލުކޮޅު ވެސް ރަނގަޅެވެ.
ބައިޑެން ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާ ވަނީ ކޮވިޑް ވެކްސިން ޖައްސަވައި ބޫސްޓާ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިފައެވެ