ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ސޯޝަލް މީޑިއާ ގުރޫޕުތަކުގައި އައުގުރާނަ ގޮވަން ފުރުސަތުދީގެން ނުވާނެކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސޯޝަލް މީޑިއާ ގުރޫޕުތަކުގައި ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދިމާއަށް
އައުގުރާނަ ގޮވަން ފުރުސަތުދީގެން ފުރުސަތު ދީގެން ތިބުމަކީ ބައިބައިވުމަށްދެވޭ ފުރުސަތެއްކަމަށެވެ.
އެހެންވެ އެފަދަ ކަންތައްތަކުން ދުރުވެ ތިބުމަށް ނިހާދު ގޮވައިލެއްވިއެވެ.
މީގެ އިތުރުން ނިހާދު ވިދާޅުވީ އެހެން ނޫންނަމަ އިދިކޮޅާ ގުޅިގެން ރަނގަޅަށް އެއްޗެހި ގޮވަން ފެށުން މާ ސަޅިވާނެ ކަމަށެވެ.