ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި

2008 ވަނަ އަހަރު ރިލީޒް ކޮށްފައިވާ ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފެއްދުމަށް ފިލްމު ޓުރޭޑު އެނަލިސްޓު ތަރަން އަދާޝް ނިންމާފައިވާކަމަށް ޓުވިޓާ މެދުވެރިކޮށް އިއުލާނު ކޮށްްފިއެވެ.

މި ފަހަރުގެ ފިލްމު ބިނާ ވެގެން ވަނީ މުޅިން އާ ވާހަކައެއްގެ މައްޗަށް ކަމަށާއި މި ފަހަރުގެ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

މި ފިލްމުގެ ލީޑު ރޯލު ކުޅޭނީ ކޮން ތަރިއެއް ކަމެއް އަދި ނިންމާފައި ނުވިނަމަވެސް ވަރަށް އަވަހަށް ބަތަލާއެއް ފައިނަލް ކޮށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެޝަން ގެ ފުރަތަމަ ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ޕްރިޔަންކާ ޗޯޕުރާ އާއި ކަންގަނާ ރަނައުތު އެވެ. އަރްޖަން ބަޖުވާ، މުގްދާ ގޯސް، އަދި އަރުބާޒް ހާން ފަދަ ތަރިންވެސް އެ ފިލްމުން ފެނިގެން ދިޔައެވެ.

Next: ސޯޓަކަށް ބަދަލުކޮށްލެވޭ މި ޖީންސް ފެޝަނަކަށް