ފޮޓޯއިން ޚަބަރު: ހުޅުދޫ ކަބަލުންގެ ޕާކް  ސަރަހައްދުން މޫދަށް އެރުމަށް ހަދާފައިވާ ސިޑި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ހުޅުދޫ ކަބަލުންގެ ޕާކް  ސަރަހައްދުން މޫދަށް އެރުމަށް ހަދާފައިވާ ސިޑި . ފޮޓޯތަކުން ފެންނަގޮތުން މިސިޑީގެ ދެފަރާތުގައި ޖަހާފައިވާ ދަގަޑުތައް ވަނީ ވަރަށްބޮޑަށް ހަލާކުވެފައި . އަދި ފޮޓޯތަކުން ފެންނަގޮތުން ސިޑިވެސް ވަނީ މަރާމާތުކުރަންޖެހޭވަރަށް ހަލާކުވެފައި . ހުޅުދޫ ކަޅިބިއްފަރާތުގެ ގޮޑުދޮށުގައި ބޮޑު ހިލަ ޖެހި ދުވަސްވަރު ( 2017 ވަނަ އަހަރު ) އެމަސައްކަތްކުރި އާރުއާރު ކުންފުނިން އާންމުންނަށް ރައްކާތެރިކަމާއެކު ފަސޭހައިން މޫދަށް އެރި އުޅެވޭނެގޮތަކަށް ތައްޔާރުކޮށްދީފައިވާ މިސިޑި  މަރާމާތުކޮށް އެއްވެސް ފަރާތަކުން ބަލަހައްޓަމުން ނުދާކަން ފާހަގަކޮށްލަންޖެހޭ .  މޫދަށް އެރުމަށް ހާއްސަކޮށްގެން އާރުއާރުން ތައްޔާރުކޮށްދީފައިވާ މިސަރަހައްދުގެ މޫދުން ބޮޑު ސަރަހައްދެ ވަރަށް ބޮޑަށް ސާފްކޮށް އާއްމުންނަށް ރައްކާތެރިކަމާއެކު މޫދުގައި ތިބެވޭގޮތައް ތައްޔާރުކޮށްދީފައިވާ މިތަން ހުޅުދޫގެ އިސްރައްވެހިން ހެނދުނުގެ ވަގުތުތަކުގައި ބޭނުންކުރަމުންދާތަން ފެންނަމުންދޭ .

ހުޅުދޫ ކަބަލުންގެ ޕާކް  ސަރަހައްދުން މޫދަށް އެރުމަށް ހަދާފައިވާ ސިޑި

Next: ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އައްޑޫސިޓީ މީދުން އަންނަނީ ތައްޔާރުވަމުން