ވެމްކޯ ބަލިކޮށް  ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ހޯދައިފި

ކްލަބް ވެމްކޯ ބަލިކޮށް  ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ހޯދައިފިއެެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗުގައި ސިޓީން ވެމްކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދީ 3ސެޓް 2 ސެޓުގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފުރަތަމަ ސެޓް ވެމްކޯ ކާމިޔާބު ކުރީ 25-15 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނަމަވެސް ސިޓީން ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް އެ ޓީމުން ދެވަނަ ސެޓު ކާމިޔާބުކުރިއެވެ. ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-19ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިން ވަނަ ސެޓު ވެސް 25-19 އިން ކާމިޔާބުކުރީ ސިޓީއިންނެވެ.

ހަތަރު ވަނަ ސެޓު ވެސްގައި ގިނަވަގުތު  ސިޓީން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް ފަހަތުންއަރައި ވެމްކޯއިން އެ ސެޓު ވަނީ ކާމިޔާބުކޮށްފައެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-23 ގެ ނަތީޖާއަކުންނެވެ.

ނަތީޖާނެރުމަށް ކުޅުނު މެޗުގެ ހަތަރުވަނަ ސެޓު ވެފައިވަނީ ވަރަށް ފޯރިގަދަ ސެޓަކަށެވެ. ވަރަށް ހަމަހަމަކޮށް ދިޔަ އެ ސެޓު 17-19 އިން ގެންގޮސް ސިޓީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ޑްރީމް ޓީމް

މުބާރާތުގެ ޑްރީމްޓީމްގައި ހިމެނުނު ކުޅުންތެރީންނާއި އެހެނިހެން މަގާމްތަކަށް ހޮވުނު ކުޅުންތެރީން

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ސްޕޯސްޓްސް ކުލަބް ސިޓީގެ ކޯޗު ހުސެއިން ޝަރީފްއެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ މާއިޝް އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާއަކީ ފައިނަލް މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފައިވާ ސިޓީގެ ވިނިތުއެވެ.

advertisement
Next: ނަލަފެހި މޮނިއުމެންޓްގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ނަގައިފި