ސައުތުޕާމް ކައިރީގެ  ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި

advertisement

ސައުތުޕާމް ރިސޯޓާއި މީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތައް އުރުނު ”ފެމިނާ“ ދޯނި ފުންކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

ނަވާރަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ”ފެމިނާ“ ދޯނި ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އުރުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ދޯނީގެ ފަރާތުން ދީފައިވަނީ 21  އެޕްރީލް 2022 ވަނަ ދުވަހުގެރޭ 19:22 ހާއިރު ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރު ކޮށްދީފައިވާކަން އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ހުޅުމީދޫމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، ދޯނީގެ ވެރިފަރާތުން އެމްޓީސީސީގެ ޓަގު ބޯޓަކާއި އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ބައެއް މަސް ދޯނިތަކުގެ އެހީތެރިކަން ހޯދައިގެން ކުރި މަސައްކަތުން އިއްޔެ ( 22 އެޕްރީލް 2022 ) ހަވީރު 17:10 ހާއިރު ދޯނި ފުންކުރެވިފައިވާމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މީކުރިންވެސް މިނެރުން ވަންނަން އުޅުނު ދޯންޏެއްވަނީ ނެރެއްމަށްޗަށް އަރާފައެވެ.

advertisement
Next: ކޮވިޑާ ގުޅިގެން ދިން އާސަންދަ ލުއިތައް އުވާލައިފި