ކުރީގެ ރައީސުންނަށް އިނާޔަތް ދެނީ އެހެން ޤައުމުތަކާއި އޮންނަ ގުޅުން ކަނޑުވާކަށްނޫން: ރޮޒެއިނާ

advertisement

ރާއްޖޭގައި ވެރިކަން ކޮށްފަތިބި ކުރީގެ ރައީސުންނަށް ސަރުކާރުން ދޭ އިނާޔަތްތަކަކ،ީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކާ އޮންނަ ގުޅުންތައް ކެނޑުވުމުގެ ގޮތުން ކެމްޕެއިން ކުރަން ދޭ ފައިސާއެއް ނޫންކަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރޮޒެއިނާ ވަނީ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެމްޕެއިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިންޑިޔާ އައުޓް ކެމްޕެއިންއަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ކުރިއަށް ގެންދާ ހަރަކާތްތަކެއްކަމަށާއި އިންޑިޔާ މިލިޓަރީ ސިފައިން މިޤައުމުގައި ތިބުމަކީ ރާއްޖޭގައި އަލަށް ކޮށްފައިވާކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ފުލުހުންނާއި ސިފައިން ޓްރެއިން ކުރުވުމަށް، އިންޑިޔާ ސިފައިން ނޫނަސް އެހެން ޤައުމުތަކުގެ ސިފައިން ތިބިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އެހެން ޤައުުމުތަކުގައި އެކި ޓްރޭނިންގްތައް ހެދުމަށް ރާއްޖޭގެ ފުލުހުންނާއި ސިފައިން ގޮސް ތިބޭ ކަންވެސް ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

މި ޤައުމުގެ މިނިވަކަން ގެއްލޭފަދަ ކަންތައް ކޮށްފައި ހުރީ ރައީސް ޔާމިން ސަރުކާރުގައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރާއްޖޭގެ ބިން އެހެން ފަރާތަކަށް ދިނުމަށް ނިންމި ނިންމުން އިސްލާހު ކޮށްފައިވާނީ އެމްޑީޕީ ސަރުކާރަށް ވެރިކަން ލިބުމަށްފަހުގައިކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. ރައީސް ޔާމިންގެ ދައުރުގައި ރާއްޖެ ވިއްކަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރުން ހާވާފަ ހުރި ހަޑި ފިލުވީ މި ސަރުކާރުންކަން ރޮޒެއިނާ ފާހަގަ ކޮއްލެއްވިއެވެ.

” މިކަންތައް މިހަރު ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ގޮސްފި. އެއީ ނަފުރަތު ބަޔަކާ ދޭތެރޭ އުފެދިގެން ވަކިހިސާބަކަށް ދިޔައިމަ ދެން އެ ކޮންޓްރޯލެއް ނުވާނެ. އޭތި ވަކި މީހަކަށް ދިމާލަކަށް ޓާގެޓް ވެފައެއް ނުހުންނާނެ. ދެން މިހާހިސާބުން ދިވެހި ރައްޔިތުން އިންޑިޔާ މިީހުންނާ ދޭތެރޭ ނަފްރަތުކޮށް އިންޑިއާ މީހުންނަށް ނަފްރަތުކޮށް. ދިވެހިންގެ އެތައްބަޔަކު އިންޑިޔާގެ އެކި ސަރަހައްދު ތަކުގަ އެބަ ދިރިއުޅޭ. ދާއިމީ ގޮތެއްގަވެސް އެބަ ދިރިއުޅޭ. އެމީހުންނާއި ދިމާލަށް އެމިހުންގެ ފުރާނަޔަށް ނުރައްކަވާކަހަލަ ކަންތައްތައް ދިމަވާން ފަށާ. މިތާގަ މަސައްކަތްކުރާ އިންޑިޔާ ޑޮކްޓަރުންނާއި ޓީޗަރުންނާއި، އެމީހުންގެ ފުރާނަޔަށް ނުރައްކަވާ ހިސާބައް ކަންތައް މިދަނީ”

ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ދައުރުގައި ރާއްޖެގައި އެހެން ޤައުމެއްގެ މިލިިޓަރީ ސިފައިންނަށް ދާއިމަށް ތިބުމުގެ ޖާގަ ނުދިނުމަށާއި ރައްޔިތުންނަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރި ކުރުމަށް މި ސަރުކާރުން ވިސްނާފައި ނުވާކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. އިންޑިޔާ މިލިޓަރީ ސިފައިން ރާއްޖެ އައިސް ތިބި އަސްލު ސަބަބު ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަނެކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމިން ކުރިއަށް ގެންދަވާ އިންޑިޔަ އައުޓް ކެމްޕެއިންއަކީ ރައްޔިތުން ހިތުގައި މި ސަރުކާރަށް ނަފްރަތު އުފައްދާ އޭގެ އިތުރުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިންޑިޔާއާއި ދިވެހިރާއްޖެ ޖައްސަން ކުރިއަށް ގެންދާ ކެމްޕެއިން ތަކެއްކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މަސްދަރު: ސަންގު

advertisement
Next: 30 އިންސައްތައިން ގައުމުގެ ރައީސަކު ހަމަޖެއްސުން ބުއްދިވެރިއެއް ނޫން: ރޮޒެއިނާ