އައްޑޫސިޓީން އިތުރު 81 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

advertisement

އައްޑޫސިޓީން އިތުރު 81 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

އައްޑޫން އިތުރު 81 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު،ބުދަ ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 81 މީހުންގެ ތެރެއިން 46 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 04 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދޫން 9 މީހަކު  ، ފޭދުން 14 މީހުން މަރަދޫފޭދުން 1 އަދި މަރަދޫން ފައްސިވެފައިވަނީ  06 މީހެކެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެން ތަންތަނުން ފައްސިވެފައިވަނީ 1 އެންމެ މީހެކެވެ.

އައްޑޫން މިހާތަނަށް 4329 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 3538 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 776 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 355 މީހަކު ތިބިއިރު، މީދޫގައި  124 ، ފޭދޫގައި 133 ،  މަރަދޫފޭދޫގައި 25 ، ހުޅުދޫގައި 65 އަދި މަރަދޫގައި 55 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވަނީ 01 މީހެކެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

advertisement
Next: ކޮވިޑް19: ތިނަދޫގެ މިސްކިތެއްގައި މިއަދު ހުކުރު ނުކުރާނެ- ތިނަދޫ ކައުންސިލް