އަތޮޅުތެރޭގެ ރަށް ރަށަށް ދަތުރުކުރާއިރު ރެޕިޑް އެންޓިޖެން ޓެސްޓްގެ ނަތީޖާ ބޭނުން ނުކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ ބުނީ އިއްޔެއިން ފެށިގެން ރެފިޑް ޓެސްޓު ހަދަން ފެށި ކަމުގައި ވިޔަސް އަތޮޅުތެރެއަށް ދަތުރު ކުރާއިރު އެ ޓެސްޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށާއި އަދިވެސް ދަތުރުކުރުމުގެ ބޭނުމަށް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށެވެ.
އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ނަމަ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ބުނެފައެވެ.
ކޮންޓެކްޓުންނާއި ކަރަންޓީނު ފުރިހަމަކޮށްފައި ޓެސްޓު ކުރާ މީހުން ވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓު ކަމަށް އެޗްޕީއޭއިން ބައެއް މީޑިއާަކަށް ވަނީމައުލޫމާތު ދީފަ އެވެ.
ރެޕިޑް އެންޓިޖެން ޓެސްޓުން ގިނަ ފަހަރަށް ޕޮޒިޓިވް ނަތީޖާއެއް ދައްކަނީ ބަލީގެ އަލާމާތް ހުންނަ މީހުން ކަމަށާއި ނަމަވެސް އެ މީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރެއްޖެ ނަމަ ޕީސީއަރު ޓެސްޓުން ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑުވާނެ ކަމަވެސް އެޗްޕީއޭ ބުނެއެވެ.
އިއްޔެއިން ފެށިގެން އެޗްޕީއޭއިން ދަނީ ރެޕިޑް ޓެސްޓު ހަދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެމުންނެވެ.