ކޮވިޑް 19 : މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހުގެ ތަފްސީލްތައް ރޭ އާއްމުކޮށްފައިވާއިރު ފާއިތުވި ދެދުވަހު މީދުން 24 މީހުން އަދި ހުޅުދުން 9 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒޓިވް ވެފައެވެ. އެހެންކަމުން މީދޫއާއި ހުޅުދޫގައި މިވަގުތު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ 166 މީހުން އެބަތިއްބެވެ.

އައްޑޫސިޓީ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 22 ވަނަ ދުވަހު ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 275 ކޭސް އުޅޭއިރު، މަރަދޫގައި 29 ކޭސް، ފޭދޫގައި 156 ކޭސް، މަރަދޫފޭދޫގައި 26 ކޭސް އަދި މީދޫގައި 111 ކޭސް ، ހުޅުދޫގައި 55 ކޭސް  ، ރިސޯޓާއި އެހެނިހެންތަންތަނުން 17 ކޭސް އަދި އެހެނިހެން ތަންތަނުން 2 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

ކޮވިޑްގެ ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު އައްޑޫސިޓީގައި  ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި އިތުރަށް ނުފެތުރޭނެހެން  ބަލައިގެން އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިއުތިމާސްކުރަމުންނެވެ.  

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި މީގެ އިތުރަށް ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

advertisement
Next: ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ