އާޔަތްތައް ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ބާތިލްކުރިން

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ބުނެފިއެވެ.

ސްކޫލްތަކުގައި ކިޔައިދޭ ގުރުއާން/ އިސްލާމް ފޮތްތަކުގައި ހުރި ގުރުއާނުގެ ބައެއް އާޔަތްތަކުގައި ކުށް ހުރި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން އިތުރު ކުށް ހުރިތޯ ބެލުމާއި، ކުށް އިސްލާހު ކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށިއެވެ.

އެއަށްފަހު ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަ ކުރެވުނު މައްސަލަތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ގްރޭޑް 12-1ގެ އިސްލާމް، ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށް އާޔަތުގެ ނަންބަރު ލިޔުމަށްފަހު ޚަތިމަށް ރެފަރެންސް ދޭން މިނިސްޓްރީ ވަނީ އެދިފައެވެ.

އަންނަ އަހަރާއި 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފޮތްތައް ޗާޕު ކުރާއިރު މިގޮތަށް ބަދަލު ކުރަން އެންގި ސިޓީ ފޮނުވާފައިވާ ތާރީހެއްކަމަށް ސިޓީގައި ލިޔެފައި ވަނީ މިދިޔަ މަހު 25 އެވެ. އެ ސިޓީގައިވާ ކަންކަން އިތުރަށް ބެލުމަށް ކަމަށް ބުނެ، އެ ސިޓީ ބާތިލު ކުރަން އެދި މިނިސްޓްރީން ދެވަނަ ސިޓީއެއް ފޮނުވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

advertisement
Next: ފިލިޕީންސް ނަރުސްގެ މަރާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރުކޮށްފި