އިންޑިއާއިން ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

އަވައްޓެރި އިންޑިއާއިން ކޮވިޑް-19ގެ އާވެރިއަންޓް އޮމިކްރޮން ފެނިފައިވާކަމަށް އެޤައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފި އެވެ.

އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާގޮތުން އިންޑިޔާގެ ކަރްނާޓަކާ އަވަށުން ކޮވިޑްގެ އާވޭރިއަންޓް ކަމުގައިވާ އޮމިކްރޮން އަށް ފައްސިވި ދެކޭސް ފެނިފައިވާ ކަމަށެވެ.

އިންޑިޔާއިން ފެނުނު އޮމިކްރޮންގެ ވޭރިއަންޓުގެ ދެކޭސްއަކީވެސް ދެފިރިހެނުންނެވެ. އެެގޮތުން އޮމިކްރިންއަށް ޕޮޒިޓިވްވި އެކަކަކީ 46 އަހަރުގެ ފިރިހެނެއް ކަމަށާއި ދެވަނަ މީހާއަކީ 66 އަހަރުގެ ފިރިހެނެއް ކަމަށް އެޤައުމުގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިންޑިޔާގެ ނޫސްތަކުން ހާމަކޮށްފައިވާގޮތުން އިންޑިޔާއިން އޮމިކްރޮން އަށް ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް އެހެން ގައުމެއްގެ ރައްޔިތުންނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބަޔެއް ކަމެއް ހާމަކޮށްފައެއްނުވެއެވެ. .

އިންޑިޔާއިން އޮމިކްރޮންއަށް ޕޮޒިޓިވްވި ދެމީހުންގެ ޓެސްޓު ކުރަން ޖިނޯމް ސީކުއެންސިން ހެދީ ކޮވިޑާ ގުޅިގެން 37 ލެބޯޓަރީއެއް ހިމެނޭ ގޮތަށް އިންޑިއާ ސަރުކާރުން ގާއިމްކުރި “އިންސާކޮގް” އިންނެވެ.

އޮމިކްރޮން ވޭރިއެންޓް ފެނުމާއި އެކު އިންޑިއާގެ ފިޔަވަޅުތަށް ވަރުގަދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

advertisement
Next: ކޮވިޑް-19: އައްޑޫސިޓީން އިތުރު 21 ކޭސް