ހާޑްވެއަރ ލެބްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހާޑްވެއަރގެ ކާމިޔާބު ވިޔަފާރި ކުރަމުންއަންނަ ” ހާޑްވެއަރ ލެބް” ގެ މުޅިން އާ ފިހާރައެއް  ހުޅުމާލޭގައި ހުޅުވައިފިއެވެ.

“ހާޑްވެއަރ ލެބް” އަކީ  ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއަރގެ ވިޔަފާރިކުރަމުން ގެންދާ ފަރާތެކެވެ.

އާންމުނަށް ފަސޭހަކަމާއިއެކު ވިޔަފާރި ކުރެވޭ ފަދަ ގޮތަކަށް ޑިޒައިން ކުރެވިގެން ހުޅުވުނު މިފިހާރައިން ހާޑްވެއާގެ ހުރިހާސާމާނެއް ލިބެން ހުންނާނެއެވެ. މިގޮތުން ކަރަންޓް ސާމާނާއި، ޓޫލްސް، އިމާރާތްކުރުމަށް ބޭނުންކުރާ  އާންމު ހާޑްވެއަރގެ ހުރިހާ ސާމާނެއް މިފިހާރައިން ލިބެން ހުންނާނެއެވެ.

ހާޑްވެއަރ ލެބަކީ އާންމުނަށް ކޮލިޓީ، އިތުބާރު އުފެއްދުން ތަކެއް ފޯރުކޮއްދެމުންއަންނަ ފިހާރައެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އަދި މީގެ އިތުރަށް ހާޑްވެއާ ލެބްގެ ފިހާރަތަކަކީ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ އަދި ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ އެންމެ މަތީ ސަފުގައި ގުނާލެވޭ ވިޔަފާރިކުރަމުން އަންނަ ފިހާރަތަކެކެވެ.

advertisement
Next: ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަށް ލަންކާއިން އެއްބަސްވެއްޖެ