އައްޑޫ އިން ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ ސިޓީގެ ކޮވިޑް މެނޭޖުމަންޓު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހަނަކު މިއަދުގެ މެންދުރު 13:33 ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއީ އައްޑޫ އިން ކޮވިޑް ބަލީގައި މަރުވި 11ވަނަ މީހާއެވެ. އަދި މުޅި ރާއްޖެއިން މިބަލި ޖެހިގެން މަރުވި 247ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް މިބަލި 89،255 މީހަކަށް ވަނީ ޖެހިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86،899އަށް ވަނީ އަރާފައެވެ. ކޮވިޑް ފެސިލިޓީތަކުގައި 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

advertisement
Next: މީދޫ ގަބުރުސްތާން : ސެކިއުރިޓީ ބެލެހެއްޓުން ފަސޭހަކޮށްދިނުމަށް ލައިޓް ހަރުކޮށްފި