މިއަދު އިތުރު 5 މީހުން ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް 5 މީހަކު ޕޮޒިޓިވްވެއްޖެވެ.  

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ޕޮޒިޓިވް 5 މީހުންގެ ތެރޭގައި ހިމެނެނީ ހުޅުދުން ޕޮޒިޓިވްވި ދެމީހަކާއި މީދުން ޕޮޒިޓިވްވި 3 މީހުންނެވެ.

މިއަދު ހުޅުދޫއާއި މީދުން ޕޮޒިޓިވްވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. ދެން ޕޮޒިޓިވްވި މީހާއަކީ ސިއްހީމަރުކަޒަށް ބަލިވެގެން ދެއްކި މީހުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ހޮސްޕިޓަލުން އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ދުވަހުން ދުވަހަށް މީގެކުރީން އެހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާމަކުރަމުންދިޔަ ނަމަވެސް މިމަހުގެ 19 ވަނަ ދުވަހުންފެށިގެން ހޮސްޕިޓަކުން އެމައުލޫމާތު ހާމަކުރަމުން ނުދާކަން ފާހަގަކޮށްލަންޖެހެއެވެ.

Next: އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި