ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް- އިބްރާހިމް ޒުބައިރު

ކޮވިޑް 19 އާއި ގުޅިގެން ހުޅުދޫއާއި މީދޫ ކަރަންޓީނުކޮށް ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށްވާތީ އެއަށް އަމަލު ނުކުރަން ނިންމާފައިވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒު ހިންގުމާއި ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވެއްޖެވެ.

އިބްރާހިމް ޒުބައިރު މިހެން ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިއުއްވުމެއްގައެވެ. އިބްރާހިމް ޒުބައިރުގެ ފޭސްޕޭޖްގައި އިތުރަށް ވިދާޅުވެފައިވަނީ ހުޅުދޫއާއި މީދޫގައި ކޮވިޑް ޖެހިފައިވާ އެކަކުވެސް ނެތްކަމަށާ މިދެރަށް ކަރަންޓީނުކޮށްފައި އޮތީ ކީއްވެގެންކަން ނޭގޭކަމަށެވެ. އަދި އައްޑޫސިޓީ ކައުންސިލް ނިދިން ހޭނުލެވެނީތޯވެސް އިބްރާހިމް ޒުބައިރު ވިދާޅުވެފައިވެއެވެ.

” ހުޅުދޫ އަދި މީދޫގައި ކޮވިޑް ބަލީގެ އެއްވެސް މީހަކުނެތް ، އެހެންނަމަވެސް ރަށްޔިތުން ގޭބަންދުގައި ބައިތިއްބާފައި ، ސާބަހޭ “

އިބްރާހިމް ޒުބައިރުގެ އޭނަގެ  ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދޫއާއި މީދޫގައި މިވަތު ކޮވިޑްގެ ޕޮޒިޓިވް ކޭހެއްނެތެވެ. އަދި މީދުން އެންމެ ފަހުން ކޮވިޑްގެ ޕޮޒިޓިވް ކޭހެއްފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެއީވެސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެމީހާވެސް މިހާރުވަނީ ބަލިން ރަގަޅުވެގެން ދޫކޮށްލާފައެވެ.

Next: ބޮޑުތަފާތަކުން ރާމިޒު ބަލިކޮށް ހުޅުދޫދާއިރާގެ ރައީސްކަމަށް ސާމިއު