މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރުކަމަށް ހުޅިމީދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ( އިބުރޭ ) ވިދާޅުވެއްޖެވެ.
މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރު
އިބްރާހިމްދީދީ
އިބްރާހިމް ޒުބައިރު ( އިބުރޭ ) މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދެވު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އައްޑޫސިޓީ މީދޫ ދާއިރާގެ އެމްޕީ ރޮޒެއިނާ ގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ނިއުމާ މީދޫ ދާއިރާގެ ރައީސާކަމަށް ހޮވުމާއި ގުޅިގެންނެވެ. ނިއުމާ މީދޫ ދާއިރާގެ ރައިސާކަމަށް ހޮވުނުއިރު މިދާއިރާގެ ނާއިބު ރައީސްއަކަށްވެސް ހޮވިފައިވަނީވެސް އެމްޕީ ރޮޒެއިނާގެ ތާއިދާއެކު ވާދަކުރެއްވި މަރަދޫފޭދޫ އާދިލުކަން ފާހަގަކޮށްލަންޖެހެއެވެ.
ހޮނިހިރު ދުވަހު ބޭއްވުނު މިއިންތިޚާބުގައި ނިއުމާއާއި ވާދަކުރެއްވީ ބިލެއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ހަމްޒާ އެވެ. ހަމްޒާއާއި ހަމްޒާގެ ޓީމް މީދުއަށް ވަޑައިގެން މިއިންތިޚާބު ކާމިޔާބުކުރުމަށްޓަކައި މީދޫގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު ވޯޓް ނެގި ދުވަހުވެސް ހަމްޒާ ހުންނެވީ މީދޫގައެވެ.
މިއިންތިޚާބުގައި މީދޫ ދާއިރާގެ ސެކެޓްރީގެ ނައިބަކަށް އައިޝަތު ފުޒޫނާ ހޮވިފައިވާއިރު ސެކްރެޓަރީއަކަށް ހޮވިފައިވަނީ އައިޝަތު ހުސެންއެވެ. އަދި މީގެ އިތުރަށް މިދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީއަކަށް ހޮވިފައިވަނީ ހަސަން އިމްސާދެވެ.