ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

Leroy Sane Muenchen, Eric Garcia Barca, Ronald Araujo Barca Davies Muenchen FC Barcelona, Barca - FC Bayern München 14.09.2021, Fussball UEFA, Champions League, Saison 2021/22 Foto: Moritz Müller *** Leroy Sane Muenchen , Eric Garcia Barca , Ronald Araujo Barca Davies Muenchen FC Barcelona FC Bayern Munich 14 09 2021, Football UEFA, Champions League, Season 2021 22 Photo Moritz Müller

ބާރަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ވަނީ ބަލިވެފައެވެ.

 ބާސާ ބަލިވީ ބަޔާން މިޔުނިކް އަތުން 3-0 ގެ ނަތީޖާއަކުންނެވެ

މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ. ބަޔާން  އަނެއް ދެލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ.

 މިއީ 17 އަހަރު ތެރޭގައި ލިއޮނަލް މެސީއާ ނުލައި ބާސާއިން ކުރިމަތިލާ ފުރަތަމަ ސީޒަންކަންވެސް ފާހަގަ ކޮށްލެވެއެވެ.

 މެސީ ނެތުމުގެ އުނިކަން ބާސާގެ ކުޅުމުން ފެނިގެންދިޔައިރު މިކަހަލަ ވަރުގަދަ މެޗުތަކުގައި ފުރިބާރުވެފައި އޮންނަ ބާސާގެ ދަނޑު ރޭ ފެނުނީ ވަރަށް ބޮޑަށް ފަޅުވެފައި ވަނިކޮށެވެ.

އަދި މީގެ އިތުރަށް މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި 8-2 އިން ބަޔާން އަތުން ބަލިވި ފަހުން ބާސެލޯނާ އިން ބަޔާން މިއުނިކާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ. އެކަމަކު، އެ މެޗާ އަޅާކިޔާއިރު ދެ ޓީމުން ވެސް ގިނަ ބަދަލުތަކެއް މި މެޗުގައި ވަނީ ފެނިފަ އެވެ. ހާއްސަކޮށް ދެ ޓީމަށް އިރުޝާދުދޭން ތިބީ ތަފާތު ދެ ކޯޗުންނެވެ. ބާސެލޯނާގައި ރޮނާލްޑް ކޫމަން ހުރިއިރު، ބަޔާންގެ ކޯޗަކީ ހޫލިއަން ނާގަލްސްމަން އެވެ.

Next: މީދޫގެ 3 ކުޅުންތެރިއަކު 23 އަހަރުން ދަށުގެ ގައުމީޓީމްގެ ޕްރެޓިސްގައި ބައިވެރިވުމަށް މާލެފުރައިފި