ޝާހިދު އާއްމު މަޖިލީހުގެ ރިޔާސަތާއި މިރޭ ހަވާލުވަނީ

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި ނެގި އިންތިހާބު ކާމިޔާބު ކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މިރޭ މަގާމާއި ހަވާލުވާ ގޮތަށް ހަމަޖެހިއްޖެއެވެ

މި އިންތިހާބުގައި މިނިސްޓަރު ޝާހިދުއާ ވާދަ ކުރެއްވީ ޝަހިދުއާއި އަފްޢާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލްއެވެ. މި އިންތިހާބު މިނިސްޓަރު ޝާހިދު ކާމިޔާބު ކުރެއްވީ 143 ވޯޓުންނެވެ.

މިހާރު ކުރިޔަށްދާ އާއްމު މަޖިލީހުގެ 75ވަނަ ސެޝަން ނިމި 76ވަނަ ސެޝަން ފެށޭނީ މިރޭ ރާއްޖެ ގަޑިން ރޭގަނޑު 00:00ގައެވެ. އާއްމު މަޖިލީހުގައި އަންނަ ހަފްތާގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ފުރާވަޑައިގަންނަވާނެއެވެ.

މިނިސްޓަރު ޝާހިދު އެ މަގާމަށް އިންތިހާބުވެގެން ދިއުމަކީ ރާއްޖެ އަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބު ކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުން ދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.

Next: ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެ