ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެންފި

އެމްއެންޑީއެފްގެ ވަޒީފާއި ހުންނެވި ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެންފިއެވެ.

މިކަން އެމްއެންޑީއެފްއިން ވަނީ  ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ، ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެންނެވީ، އަމިއްލައަށް އެދިވަޑައިގެންނެވެ .

ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެންނެވިއިރު، ކެޕްޓަން އަލީ އިހުސާންއަކީ ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

Next: ތިނަދޫ މުދިމެއްގެ މެޔަށް ދަގަނޑެއް ހެރިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި