ތިނަދޫ މުދިމެއްގެ މެޔަށް ދަގަނޑެއް ހެރިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

ގދ. ތިނަދޫ މަސްޖިދުލް ޢަލީގެ މުދިމް އަހުމަދު ޝާތިރުގެ މެޔަށް ދަގަނޑެއް ހެރިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

“މައުލޫމާތު ލިބިފައިވާގޮތުގައި ޝާތިރުގެ މެޔަށް ދަގަނޑު ހެރުނީ ފާރެއްގެމަތިން އޭނާ ފުންމާލުމުން ވެއްޓިގެން ކަމަށެވެ.

އޭނާ ބުނީ މެޔަށް ވަން ދަގަނޑު ފޫއަޅާފައި ވަނީ ނުކުމެފައި ކަމަށާއި ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އަދި ނުލިބެއެވެ.

ޝާތިރު އަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙްމަދު (ޢަބުޅޯ) ގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

Next: މަރަދޫޓީމާ ބައްދަލުކޮށް މީދޫޓީމް މޮޅުވެއްޖެ