މަރަދޫއެފްސީން ފަހަތުންއަރާ މަލްޓިޖީނިއަސް ބަލިކޮށްފި

????????????????????????????????????

މިނިވަންކަޕް 2017 ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނުމެޗް މަރަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ.

މަރަދޫ އެފްސީ މިމެޗް ކާމިޔާބުކޮށްފައިވަނީ މަލްޓިޖީނިއަސް ދެލަނޑު ޖަހާމެޗްގެ ލީޑް ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެންނެވެ.

ހުޅުދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މިމެޗްގައި މަލްޓީޖީނިއަސްގެ ފުރަތަމަ ލަނޑު  ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އާލިފް ފަހުމީއެވެ. މަލްޓިޖީނިއަސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާލްއެވެ.

މަލްޓިޖީނިއަސް ދެލަނޑު ޖަހާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރީން މަރަދޫއެފްސީގެ  ހުސެން ވިފާގުވަނީ ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ދެވަނަ ހާފްގެ ކުޅުމުގައި މަރަދޫއެފްސީގެ ދެވަނަލަނޑު ކާމިޔާބުކޮށްދީފައިވަނީ އަބްދުﷲ ވާޒިއުއެވެ.

ދެލަނޑު ދެލަނޑުން ދެޓީމް އެއްވަރުވެފައިވަނިކޮށް މިމެޗުން މަރަދޫ އެފްސީ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ފަރުސާނު ރަސީދުއެވެ. ފަރުސާނު ރަޝީދު ކާމިޔާބުކޮށްދިން މިލަނޑަކީ އޭނަ ފޮނުވާލިބޯޅައެއް މަލްޓިޖީނިއަސްގެ ކުޅުންތެރިއެއްގެ ގައިގައިޖެހިފައި ބައިކޮށް ވަދެގެން ކާމިޔާބު ކުރެވުނު ލަނޑެކެވެ.

މަރަދޫއެފްސީއާއި ބައްދަލުކޮށް މިއަދުގެމެޗުން ދެރަވި މަލްޓިޖީނިއަސްއަކީ މިމުބާރާތުގެ ދެވަނަ މެޗަގައި ރޭ ފެނަކަޓީމާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެފައިވާ ޓީމެކެވެ.

މިއަދު ކުޅެވުނު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫ އެފްސީގެ ހުސެން ވިފާގެވެ.

މިމުބާރާތަކީ މެރެތަން އިސްނަގައިގެން އިންތިޒާމްކޮށްގެން ހުޅުދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ  ރަނަރަޕް ޓީމަށް 20000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު ބޭއްވޭ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ.

Next: ޓްރާންސްފަރގެ ފަހު ދުވަސް، ކުޅުންތެރިން ހޯދުމަށް ކުލަބުތައް ކިޔު ހަދާފައި!