އިދިކޮޅު މެންބަރުން ފަނޑިޔާރުންގެ ވާހަކަދައްކާކަށް މާކަ ރީއްޗެއްނޫން: ރޮޒޭ

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން، ފަނޑިޔާރުންގެ ވާހަކަދައްކަވާކަށް ”މާކަ ރީއްޗެއްނޫން“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެންވިދާޅުވީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅޭ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް އިއްޔެ ލީކްވުމާއި ގުޅިގެން މިއަދުގެ މަޖިސް ޖަލްސާގައި އިދިކޮޅު މެމްބރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ވާހަކަ ފުޅު ދައްކަވަމުންނެވެ

ފަޑިޔާރުންގެ އޯޑިއޯތަކުގައި ވަނީ ރައީސް ޔާމިނަށް ކުރެއްވި ޙުކުމާމެދު ސުވާލު އުފެދޭ ވާހަކަތަކެއް ދައްކަވާފައެވެ. އަދި އެ ޙުކުމަކީ ފަނޑިޔާރުން ރަހީނުކޮށްގެން ކުރެއްވި ޙުކުމެއްކަމަށް ވެސް އޭގެތެެެރެއިން އެއް ފަނޑިޔާރަކު ވަނީ ވިދާޅުވެފައެވެ.

މި އޯޑިއޯތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި މިއަދު ވަނީ އިޙްތިޖާޖު ކުރައްވާފައެވެ. އެ ބޭފުޅުން އިޙްތިޖާޖު ކުރައްވަމުން ގެންދެވިއިރު ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި އިދިކޮޅުގެ ބައެއް މެންބަރުން އިޙްތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައި، ރޮޒައިނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން، “ފަނޑިޔާރުންގެ ވާހަކަދައްކަވާކަށް މާކަ ރީއްޗެއްނޫން“ ކަމަށެވެ.

މަޖިލިސް ހިންގިޔަ ނުދީ، މަޖިލީހުގެ މެންބަރުންތަކެއް ނަގައި، ފާރުމަތިން އުކި ބައެއް މިއަދު މަޖިލީހަށް އައިސް މަޖިލީހުގެ ނިޒާމު ނަގާލައިގެން މި ދައްކަނީ ކޮން ފަނޑިޔާރުގެއެއްގެ ވާހަކައެއް“

ރޮޒައިނާ ވިދާޅުވުއެވެ.

Next: މީދުން އިތުރު 3 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ