އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު 111 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 20 މީހުންނެވެ. މި 20 މީހުންގެ ތެރެއިން 13 މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވެފައިވާ މީހުންކަމަށްވެސް އައްޑޫ ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ. ދެން ޕޮޒިޓިވްވެފައިވާ 7 މީހުންނަކީ ފްލޫ ކްލިނިކަށް ދެއްވި މީހުންގެ ތެރެއިން ފޮޒިޓިވް ވެފައިވާ މީހުންނާއި ރެންޑަމްސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ.
އައްޑޫސިޓީން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 20 ކޭސްގެ ތެރެއިން 8 ކޭސް މަރަދޫ އިން ފެނިފައިވާއިރު މަރަދޫފޭދުންވެސްވަނީ 8 ކޭސް ފެނިފައެވެ. އަނެއް 4 ކޭސް ފެނިފައިވަނީ ހިތަދުންނެވެ.
އައްޑޫސިޓީގެ މަރަދޫގައި ކޮވިޑްބަލީގެ 85 މީހުން ތިބިއިރު ހިތަދޫގައި ތިބީ ނުވަ މީހުންނެވެ. އަދި ފޭދޫގައި ހަމީހުން ތިބިއިރު މަރަދޫފޭދޫގައި ތިބީ 19 މީހުންނެވެ.
އެހެންކަމުން މިވަގުތު އައްޑޫގައި އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 119 މީހުންނެވެ
އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 564 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.