އައްޑޫ ސިޓީގައި ޒުވާނަކު ދަންޖެހިގެން ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީން ނިޔާވެފައިވަނީ ފިރިހެނެކެވެ. އޭނާ ނިޔާވީ ދަންޖެހިގެންކަމަށާއި، ނިޔާވެފައި އޮއްވާ ފެނުނީ މިރޭގެ ވަގުތެއްގައިކަމަށް ޢާންމު ރައްޔިތަކާއި ހަވާލާާދީ ވަގުުތު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ސާާފުވާ ގޮތެއް ނުވެއެވެ. ނަމަވެސް ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އިސްލާމްދީނުގައި ވަނީ ނަފުސަށް ގެއްލުން ދިނުން ނަހީ ކުރައްވާފައެވެ. ރަސޫލާގެ ހަދީސެއްގައިވާ ގޮތުން ގެއްލުން ދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއް ވެސް ނުވެއެވެ.