މީދޫ ޓާފް ދަނޑު ތައްޔާރުކުރަން ބަޔަކާ ހަވާލްކޮށްފައިވަނީ އެމަސައްކަތައް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުކޮށްކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިގޮތައް ހާމަކޮށްފައިވަނީ މިދަނޑުގެ ކަންތަކާއި ގުޅޭގޮތުން މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއަށް މައުލޫމާތު ދެއްވަމުންނެވެ.
މިކަމާ ގުޅޭގޮތުން މީދޫ ދާއިރާގެ މެމްބަރުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ދަނޑުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ބަޖެޓަށްވުރެ ބޮޑުކޮށް އަދި އަގުގެގޮތުން 3 ވަނާގައި އޮތް ފަރާތާއި ކަމަށާ އަދި އެފަރާތަކީ އެހެންމީހުންންށްވުރެ ދިގުމުއްދަތެއްގައި މަސައްކަތް ނިންމަން އެއްބަސްވެފައިވާ ފަރާތެއްކަމަށްވެސް ރޮޒެއިނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.
” ދަނޑުގެ ކަންތަކާ ގުޅިގެން ކައުންސިލަރު ސޯލިހާއާއި އަދި މޭޔަރު ނިޒާރުއާވެސް ވާހަކަ ދައްކައިފިން ، ނިޒާރު ވިދާޅުވީ މިކަމަކީ އެބޭފުޅުން ކައުންސިލާއި ހަވާލްވިއިރުވެސް ނިންމާފައި އޮތްކަމަކަށްވާތީ އެއޮތްގޮތައް މިނިސްޓްރީއަށް ފޮނުވީކަމަށް ، ނަމަވެސް އިވެލުއޭޝަން މިހަފްތާގައި އަލުން ހަދާފައި މިމަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ”
ރޮޒެއިނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.
މީދޫ ކުޅިވަރު އެރީނާ ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ތައްޔާތުކުރުމަށް ހަމަޖެހިފައިވާ މި ޓާފްގެ ދަނޑުގެ މަސައްކަތް ހަވާލްކުރުމަށް ނިންމާފައި އޮތީ ނޫރައްދީން އިންވެސްޓްމެންޓާއި ކަމަށް މައުލޫމާތު ލިބިފައިވެ. އަދި މިދަނޑު ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ބިލް ލެވެލްކުރުމަށް ނޫރައްދީން އިންވެސްޓްމެންޓުން ވަނީ އެސަރަހައްދަށް ފަސް އުފުލުމުގެ މަސައްކަތްފަށާފައެވެ.